Saturday, October 31
ބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ސީރިއަސްވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީ

ބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ސީރިއަސްވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގެ ދެކުނުން 245 ނޯޓިކަލް ބޭރުން ދަތުރުކުރަމުންދިޔަ "އެމްވީ އަލްފާ އީތޯސް" ބޯޓުގެ ފިރިހެން ފަޅުވެރިއެއްގެ ޞިއްޙީ ހާލަތު ގޯސްވެ، އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.

އަދި އެ ފަޅުވެރިޔާ ހޮސްޕިޓަލަށް ގެންދިޔުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު، މި މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަން ވަނީ އެހީތެރިވުމަށް ޓަކައި ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސްފައި ކަމަށެވެ.

އަދި އުމުރުން 31 އަހަރުގެ އެ ބަލިމީހާ އިތުރުފަރުވާއަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު