Saturday, October 31
މިދިޔަ މަހު 32 މީހަކު ޖަލަށް ލި، ގިނައީ ޑްރަގުގެ މައްސަލަތައް

މިިދިޔަ މަހު 32 މީހަކު ޖަލަށް ގެންދިޔަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު ކަރެކްޝަންސް އިން އެކްސްގައި ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ޖަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ޖަލު ހުކުމް އިއްވި 23 މީހަކާއި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި ނުވަ މީހަކެވެ.

ޖަލަށް ލެވުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، 52 ޕަސެންޓް މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެވަނައަށް އެންމެ ގިނައިން ޖަލަށް ލާފައިވަނީ ވައްކަމުގެ މައްސަލަތަކުގައެވެ. އެއީ 22 ޕަސެންޓް އެވެ.

https://twitter.com/CorrectionsMv/status/1892166025325523339

މީގެ އިތުރުން، އޮޅުވާލުމުގެ މައްސަލަތަކުގައި ވެސް ހަތަރު ޕަސެންޓް މީހުން ޖަލަށް ލާފައި ވެއެވެ.

ފާއިތުވި މަހު ޖަލުން މިނިވަންކުރި މީހުންގެ ތަފްސީލީ މަޢުލޫމާތު ވެސް ކަރެކްޝަންސް އިން ވަނީ ހިއްސާކޮށްފައެވެ. މި މަޢުލޫމާތުތަކަށް ބަލާއިރު، ޖުމްލަ 40 މީހުން މިނިވަންކުރެވުނު އިރު، މީގެ ތެރެއިން 24 މީހުންނަކީ އެމީހުންގެ ޙުކުމުގެ މުއްދަތު ހަމަވުމުން ދޫކޮށްލެވުނު މީހުންނެވެ.

އަދި ޕެރޯލްގެ އުސޫލުގެ ދަށުން ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު