Saturday, October 31
އެހީ ޖަމިއްޔާއިން މުއްދު ނެގުމުގެ ހިދުމަތް ފަށައިފި

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން އެހީ ޖަމިއްޔާއިން މުއްދު ނެގުމުގެ ހިދުމަތް ފަށައިފިއެވެ.

އެ ޖަމިއްޔާ އިން ބުނީ ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މުއްދުގެ ގޮތުގައި ފަގީރަކަށް ނުވަތަ މިސްކީނަކަށް ކާންދިނުމުގެ ޕްރޮގްރާމް އެހީ ޖަމިއްޔާއިން ކުރިން އަހަރުތަކެގޭ އެއްފަދައިން މިއަހަރުވެސް ކުރިޔަށް ގެންދާ ކަމަށެވެ.

ގެއްލިފައިވާ ކޮންމެ ރޯދައަކަށް މިސްކީނެއްގެ ކެއުން ހަމަޖައްސައިދިނުމަށް އެހީ ޖަމިއްޔާއިން ކަނޑައަޅާފައިވާ އަގަކީ 75 ރުފިޔާއެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު 7803433 އަށް ރޯދައިގެ އަދަދު ޖެހުމަށް ފަހު ވައިބަރ ކުރުމަށް އެހީ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެހީ ޖަމިއްޔާގެ ފައިސާ ޖަމާކުރާނެ އެކައުންޓް:
ބީ.އެމް.އެލް އިސްލާމިކް
އެކައުންޓް ނަމްބަރ: 7770000014821
އެކައުންޓް ނަން: އެހީ ޖަމިއްޔާ

ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ހަރަދު ތަކަށް ބޭނުންކުރެވިގެންދާނެ ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތުދީފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު