Saturday, October 31
މާލޭ ސަރަހައްދުގެ ގެތަކަށް މަސްދަޅު ބެހުން މާދަމާ މެންދުރުފަހު ފަށަނީ

2025 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުން މާދަމާ މެންދުރުފަހު ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ މާލޭ ސަރަހައްދުގެ ގެތަކަށް މަސްދަޅު ބެހުން ކުރިއަށްދާނީ މާދާމާއިން ފެށިގެން ފެބްރުއަރީ 28 ގެ ނިޔަލަށެވެ.

މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

މިކަމަށްޓަކައި މާލޭ ސަރަހައްދުގައި ފަސް ހިސާބެއް އެ ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ.

މަސްދަޅުތައް ދޫކުރާ ތަންތަން:

1- ތައިސޭކޮށި، އާންމު ހިދުމަތްތަކާ ބެހޭ ބައި.

2- މިފްކޯގެ ހެޑް އޮފީހުގެ ގޯތިތެރެ.

3- ހުޅުމާލެ 1 (އުމަރު ޒާހިރު ބިލްޑިންގް)

4- ހުޅުމާލެ 2 (ހިޔާ ޓަވަރު 10 ގެ ގްރައުންޑް ފްލޯ)

5- ވިލިމާލެ (ސިޓި ކައުންސިލްގެ އޮފީސް)

މަސްދަޅު ކޭސް ބަލާ ދާއިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު 3 މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމަކާއި އަދި ބަލާ އަންނަ މީހެއްގެ އައި.ޑީ ކާޑު ގެންނަން ސިޓީ ކައުންސިލުން ބުންޏެވެ.

އަދި މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ކަމަށްވެސް އެ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު