Saturday, October 31
އެސްއެމްއީ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފި
އެސްއެމްއީ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ( އެމްއެފްއެލްސީ ) އާއި އެކު މަޝަވަރާކޮށްފިއެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަދި އެމްއެފްއެލްސީ ގެ މޭނެޖިންގް ޑިރެޓަރ އިބްތިޝާމް އަހްމަދު ބައިވެރިވަޑައިގެންނެވި މި ބައްދަލުވުމުގައި ވަނީ ދެ ފަރާތުން މަޝްވަރާކުރެވިފައިވަނީ އިޤްތިޞާދީގޮތުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި މިނިސްޓްރީ ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ އިތުރުން އެސްއެމްއީ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންނެވެ. މިދިޔަ އަހަރު 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ސަރުކާރުން ވަނީ ދޫކޮށްފައެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގޭނެ ގޮތުން ދޫކުރި ލޯން ތަކެއްކެވެ. އެމްއެފްއެލްސީ އިން މިދިޔަ އަހަރު ވަނީ މުޅިން އަލަށް “ފަސޭހަ ލޯން" އަދި "ފަހި ލޯން” ގެ ނަމުގައި ލޯން ސްކީމެއް ތަޢާރަފުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު