Saturday, October 31
ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ޤާއިމްކުރަން ސޮއިކޮށްފި

ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ޤާއިމްކުރުމަށް މިއަދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫޢަކީ ދުވަހެއް ދުވަހަކަށް އާބާދީ އިތުރުވަމުންދާ ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ސިވިލް މަސައްކަތްތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، މި ސެންޓަރު ޤާއިމްކުރުމުން ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޑައިލިސިސްގެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

https://twitter.com/HMH_mv/status/1891897133168722049

ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ. މި ޑައިލިސިސް ސެންޓަރު ޤާއިމްކުރުމުން ހުޅުމާލޭގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި މި މުހިންމު ޚިދުމަތް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު