Saturday, October 31
އައްޑު ސިޓީއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

ފެނަކަ ކޯޕަރޭޝަނުން އައްޑު ސިޓީއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި އެވެ.

ފެނަކައިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 1.8 މެގަވޮޓްގެ އާ ޖެންސެޓް މިހާރު އެ ސިޓީ އަށް ގެންދެވިފައިވާ ކަމަށެވެ.

ފެނަކައިން މިކަމާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މީގެ ކުރިން ހަލާކުވެފައިވާ އެއް ޖަނަރޭޓަރު މިހާރު ވަނީ މަރާމާތުކޮށް ހިންގަން ފަށާފައެވެ. އަދި އިތުރު ޖަނަރޭޓަރެއް މި ހަފްތާ ނިމުމުގެ ކުރިން މަރާމާތުކޮށް ނިމޭނެއެވެ. މީގެއިތުރުން، ބޭރުން ސްޕެއަރ ޕާޓްސް ގެނެސްގެން ތިންވަނަ ޖަނަރޭޓަރެއް އަންނަ ހަފްތާގެ ތެރޭގައި މަރާމާތުކޮށް ނިންމާލެވޭނެކަމަށް ވެސް އެ ކުންފުނިން އެ ބަޔާނުގައި ބުނެފައިވެއެވެ.

https://twitter.com/TeamFenaka/status/1891797652896919883

ރަމަޟާން މަހަކީ ކަރަންޓުގެ ބޭނުންކުރުން އާންމު ގޮތެއްގައި އިތުރުވާ މަހެއްކަން ފާހަގަކުރަމުން، ފެނަކައިން ވަނީ އައްޑޫގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަރަންޓުގެ ބޭނުންތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެމުންދާކަމަށް އެ ބަޔާނުގައި ބުނެފައެވެ.

އަދި އެ ބަޔާނުގައި އިތުރަށް ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާގެ މަތިން، އައްޑޫގެ ކަރަންޓުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި މި މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު