Saturday, October 31
އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވައިފި އެވެ.

މި މަގާމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ނާޝިދު މި މަޤާމަށް ޢައްޔަންކުރުމަށް ފާސްވީ އެކަމަށްޓަކައި ރައްޔިތުންގެ މަޖުލީހުގައި އިއްޔެ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

ޢަބްދުﷲ ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ

އޭސީސީގެ ނައިބަކަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޝަނުގެ މެންބަރަކަށް ދާދިފަހުން ޢައްޔަންކުރެވުނު އަޙްމަދު ނާޝިދުގެ ނަމެވެ.

އެހެންނަމަވެސް އެ ނަން އަނބުރާ ގެންދަވައި ރައީސް ފޮނުއްވި ސިޓީގައި ވަނީ އަޙްމަދު ނަޝީދުގެ ބަދަލުގައި އެ ކޮމިޝަނުގެ މެންބަރަކަށް ހުންނެވި ޢަބްދުﷲ ނާޝިދުގެ ނަން ދިރާސާކޮށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ޢަބްދުﷲ ނާޝިދާއި އަޙްމަދު ނާޝިދު އޭސީސީއަށް ޢައްޔަންކޮށްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 26 ގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު