Saturday, October 31
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލު ލަންކާއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު އެމްއެޗް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުގައި މިނިސްޓަރު ހަލީލު، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ފޮރިން މިނިސްޓަރު ހެރަތާއެކު ރަސްމީ މަޝްވަރާތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ދަތުރުފުޅުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި، އެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކުގެ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު