ރޯދަ މަހު އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއް ބޮޑު އަގުގައި ވިއްކާނަމަ، އެކަން ރިޕޯޓުކުރުމަށް ޚާއްސަ ނިޒާމެއް ޤާއިމް ކުުރުމަށް އިކޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ވަނީ ރަމަޟާން މަހު އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ބާވަތްތަކާއި ބާޒާރުގައި ތަކެތީގެ އަގު މަތިނުވާނެ ގޮތަކަށް ނުވަތަ އަގު ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތް ހިއްސާކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އަސާސީ ބާވަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ތަކެތީގެ ލިސްޓެއް އެކުލަވާލާފަ އެވެ. 141 ބާވަތެއް ހިމެނޭ އެ ލިސްޓުގައި 32 އައިޓަމްއަކީ ކްރިޓިކަލް އައިޓަމްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އާއްމުކޮށް ގޭބިސީގައި ކޮންމެހެން ބޭނުންކުރާ ތަކެއްޗެވެ. އެގޮތުން ލިސްޓްގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 އައިޓަމަކާއި، މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ 38 އައިތަމް ގެ އިތުރުން ކަނޑުމަހުގެ 10 ވައްތަރު ހިމަނާފައެވެ.
މި ލިސްޓްގައިި ހިމެނޭ ތަކެތީގެ އަގު އަގު އިތުރަށް ބޮޑުވެގެން ދިޔަނުދީ ހިފަހައްޓާނެ ކަމަށާއި ބާޒާރުގައި އަގުތައް މެދުކެނޑުމެއް ނެތި މޮނިޓަރ ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓްރީން ވިދާޅުވީ މުދަލެއްގެ އަގުބޮޑުވެއްޖެ ނަމަ އެއީ ކީއްވގެންތޯވެސް ބަލާނެ ކަމަށެވެ.އަދި އާއްމު ރައްޔިތު މީހާއަށްވެސް އެކަން ސިސްޓަމް ތެރެއިން ރިޕޯޓް ކުރެވޭނެ ނިޒާމެއް ހަމަޖައްސާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓަންޓް ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވިއެވެ.
"ރަމަޟާން މަހަށް ހާއްސަކޮށް އަޅުގަނޑުމެން އިންޓްރޮޑިއުސް އެބަކުރަން ސިސްޓަމްއެއް. އެ ސިސްޓަމް މެދުވެރިކޮށް އަޅުގަނޑުމެންގެ އިންސްޕެކްޝަން ޓީމް އެކަންޏެއް ނޫން އާންމު ރައްޔިތުންނަށްވެސް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭނެ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވެއްޖެނަމަ." ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވިއެވެ.
މިނިސްޓްރީން މިކަން ކުރަނީ އިންސްޕެކްޝަން ޓީމްތައް މާލޭ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ފިހާރަތަކައި ބާޒާރަށް ގޮސް ބެލުމަށް ފަހުގައެވެ.
ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ގެނައުމުގެ އިންތިޒާމް ހަމަޖައްސަނީ އެސްޓީއޯ މެދުވެރިކޮށެވެ. މީގެ އިތުރުން ރައްޖެއަށް އާއްމުކޮށް މުދާ ގެންނަ ފަރާތްތަކާއި އެކުވެސް މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން