މިގޮތުން މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ. ވަޒީރު ޑރ. މާރިޔާ މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެ ވުޒާރާ އާއި އަތޮޅު ކައުންސިލާ ގުޅިގެން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.ވަޒީރު ޑރ. މަރްޔަމް މާރިޔާ ގދ. އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް އެއަތޮޅަށް ވަޑައިނަވައިފި. މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެއް. އެގޮތުން މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް… pic.twitter.com/yNiU8wibkA
— Ministry of Agriculture and Animal Welfare (@MAAWmv) February 18, 2025

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ހުވަދު އަތޮޅު ދެކުނުބުރިއަށް ވަޑައިގަންނަވައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ވަޒީރު ގދ. އަތޮޅަށް ވަޑައިގެންނެވީ އެ އަތޮޅު ކައުންސިލްގެ ދަޢުވަތަކަށެވެ.
މި ލިޔުން ކިޔާލުމުން





