Saturday, October 31
ފުވައްމުލަކުގެ ގުދަނެއް ފަޅާލާ ގިނަ އަދަދެއްގެ ސިނގިރެޓު ކޭސްތަކެއް ވަގަށް ނަގައިފި

ޏ. ފުވައްމުލަކު ޔޫރޯ ސްޓޯރގެ ގުދަނެއް ފަޅާލައި ގިނަ އަދަދެއްގެ ސިނގިރެޓު ކޭސް ތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން މީޑިއާ ތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، ޏ. ފުވައްމުލަކު، ޔޫރޯ ސްޓޯރގެ ގުދަން ފަޅާލައި 130 އަށް ވުރެ ގިނަ ސިނގިރެޓު ކޭސް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު