Saturday, October 31
ޘަޤާފީ ޙަރަކާތްތަކާއެކު "އަންބަލަން 2025" ރަސްފަންނުގައި ފަށަނީ

މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަންބަލަން 2025" ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

މި ހަރަކާތްތަށް ފަށަން ތައްޔާރުވެ، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، މާލެ ސިޓީ ކައުންސިލް އަދި މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އެވެ.

މި އަހަރުގެ ފެބްރުއަރީ 20 އަދި 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ސަގާފީ ހަރަކާތްތަކާއި، ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، އަތްތެރި މަސައްކަތުގެ ސްޓޯލްތަކާއި، އެކި ބާވަތުގެ ކާބޯތަކެތި ވިއްކުމުގެ ސްޓޯލްތައް ހިމެނޭނެއެވެ.

މި ފެސްޓިވަލްގައި ސްޓޭޖް ޝޯތަކާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، އިހުޒަމާނުގެ ސަގާފީ ވާހަކަތަކުގެ ކެރެކްޓަރުންގެ ދައްކާލުން ހިމެނޭނެއެވެ.

އަދި ކޮމީޑިއަން އެކްޓަރުން ކާއްޓޭ އަދި މަޓޭ ބައިވެރިވާ މަޖާ އާއިލީ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ. ހަރަކާތްތައް ކުރިއަށްދާނީ ދެ ދުވަހަށް ބަހާލައިގެން މެންދުރުފަހު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު