Saturday, October 31
ކްރިމިނަލް ކޯޓުގެ ނެޓްވޯކަށް މައްސަލައެއް ދިމާވެ އޮންލައިން ޝަރީއަތްތައް ހުއްޓުމަކަށް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ ސާވާއަށް މައްސަލަ ދިމާވުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް މެދުކެނޑިއްޖެ އެވެ.

ޑީޖޭއޭގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން, އޮންލައިންކޮށް ކުރިއަށްގެންދާ ހުރިހާ ޝަރީއަތްތަކެއް ހުއްޓިފައި ވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

ކޯޓުގެ ޖާގައިގެ ދަތިކަމާ ގުޅިގެން، ހައްޔަރުގައި ތިބޭ މީހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި، ދިފާއީ ވަކީލުންނާއި އަދި އެކި ރަށްރަށުގައި ދިރިއުޅޭ ހެކިންގެ އަޑުއެހުންތައް ބާއްވަމުން ގެންދަނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހާމަކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދަނީ ހަމައެކަނި މީހުން ހާޒިރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެވެ.

ކްރިމިނަލް ކޯޓުން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 80 ޕަސެންޓް މައްސަލަތައް ކުރިއަށް ގެންދެވެނީ އޮންލައިން ވަސީލަތްތައް މެދުވެރިކޮށެވެ.

ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ގުޅަން ބޭނުންވާ ފަރާތްތަކުން، އެ ކޯޓުގެ 7259112 ނަންބަރަށް ގުޅުމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު