Saturday, October 31
އޭސީސީގެ ނައިބަކަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރުމަށް ރުހުން ދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަޤާމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ނާޝިދު މި މަޤާމަށް ޢައްޔަންކުރުމަށް ފާސްވީ އެކަމަށްޓަކައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

އޭސީސީގެ ނައިބަކަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޝަނުގެ މެންބަރަކަށް ދާދިފަހުން ޢައްޔަންކުރެވުނު އަޙްމަދު ނާޝިދުގެ ނަމެވެ.

އެހެންނަމަވެސް އެ ނަން އަނބުރާ ގެންދަވައި ރައީސް ފޮނުއްވި ސިޓީގައި ވަނީ އަޙްމަދު ނަޝީދުގެ ބަދަލުގައި އެ ކޮމިޝަނުގެ މެންބަރަކަށް ހުންނެވި ޢަބްދުﷲ ނާޝިދުގެ ނަން ދިރާސާކޮށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ޢަބްދުﷲ ނާޝިދާއި އަޙްމަދު ނާޝިދު އޭސީސީއަށް ޢައްޔަންކޮށްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 26 ގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު