Saturday, October 31
އައްޑޫގައި ޑޮލަރު އޭޓީއެމް ގެ ޚިދުމަތް ތަޢާރަފުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ޔޫއެސް ޑޮލަރު އޭޓީއެމް އައްޑު އަށް ތައާރަފު ކޮށްފިއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ބައިވެރިވި ރަސްމިއްޔާތުގައި ޑޮލަރު އޭޓީއެމް ހުޅުވީ ބޭންކްގެ ހިތަދޫ ބްރާންޗްގައެވެ. މިކަމަށްޓަކައި އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ޔޫއެސްޑީ އޭޓީއެމްގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރުމަކީ، އެ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބީއެމްއެލް އިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. އެ ހިދުމަތާ އެކު، ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައި ވެސް ޔޫއެސްޑީގެ މުއާމަލާތް ކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. މީގެ އިތުރުން ބީއެމްއެލް އިން ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލު ކަމަށްވެސް ވިދާޅުވިއެވެ. އަތޮޅުތަކުގައި ބޭންކްގެ ފުރަތަމަ ގޮފި ހުޅުވީ އައްޑޫގައެވެ. މިހާރު  އައްޑޫ ސިޓީގައި ބޭންކްގެ  ތިން ބްރާންޗާއި ނުވަ އޭޓީއޭމާއި ކޮންޓެކްޓް ސެންޓަރާ އެކު މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަނަކީވެސް އައްޑޫ ކަން ބީއެމްއެލް އިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު