Saturday, October 31
18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ނ.ރ.ބ.ޅ ގައި ހިމެނޭ ރަށެއްގައި 18 އަހަރު ނުުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާ ތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނ.ރ.ބ.ޅ ގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ކުޑަ ކުދިންނާއި ގުޅުން ހުރި މިފަދަ މައްސަލައެއް ކަމަށްވާތީ ކުއްޖާގެ ރަށާއި، މިކަމާއި ގުޅުން ހުރި އިތުރު މައުލޫމާތު ދެވެން ނެތް ކަމުގައި ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު