Saturday, October 31
ކިސަޑު ޖަމާވެފައިވާތީ ރަސްފަންނު ވަގުތީ ގޮތުން ބަންދުކުރަނީ

މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަަރަހައްދުގައި ކިސަޑު ޖަމާވެފައިވާތީ އެ ސަރަހައްދު މާދަމާއިން ފެށިގެން ވަގުތީ ގޮތުން ބަންދުުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފަށާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު