Saturday, October 31
ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025 ގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ޕްލެނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ސަމިޓާ ގުޅިގެން ބޭއްވުނު ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމާއި މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ސަމިޓްގެ ތެރެއިން ބޭއްވުނު މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ނައިބު ރައީސް ވަނީ ޚާއްސަ ތަގުރީރެއް ދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކޮށްގެން ތިބެވޭނެ ކަމެއް ނޫންކަމާއި، ތޫފާނުގެ ގަދަފަދަކަން އިތުރުވުމަކީ އިގްތިސާދީ ހާލަތާ ގުޅުމެއް ނެތް ފަދައިން، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމަކީވެސް ވަކި ސަރަހައްދަކަށް އެކަނި ކުރިމަތިވާ ކަމެއް ނޫންކަމެވެ.

މި މުހިންމު ފޯރަމްގައި ނައިބު ރައީސްގެ އިތުރުން، ޔޫއޭއީގެ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ވަޒީރު އަމްނާ އަލް ދަހަކް އަދި މަޑަގަސްކަރުގެ ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ވަޒީރު މެކްސް އެންޑޯނިރީނާ ފޮންޓެއިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު