Saturday, October 31
މަކަރާއި ހީލަތުގެ މައްސަލަތަކުގައި ކުރިންވެސް ހައްޔަރު ކުރި މީހަކު ހޯދަން އަނެއްކާ އިޢުލާންކޮށްފި

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ކުރިންވެސް ހައްޔަރު ކުރި މީހަކު ހޯދަން އަނެއްކާ އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ) އެވެ. ފުލުހުން ބުނީ ޒައިދާން ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ފެބްރުވަރީ 20 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

މިގޮތުން ޒައިދާން މުޙައްމަދު ހާޝިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

ޒައިދާން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފަވާއިރު އޮޅުވާލައިގެން މުދަލާއި ފައިސާ އިތުރު ބައެއްގެ އަތުން އޭނާ ނަގާފައިވޭތޯވެސް ފުލުހުން ވަނީ 2023 ވަނަ އަހަރުގައިވެސް ބަލާފައެވެ.

ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މުދަލާއި ފައިސާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭތީ ޒައިދާން 2022ވަނަ އަހަރުވެސް ބަންދުކުރިއެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާގެ އެފަދަ އެހެން މައްސަލަތައް ވެސް ތަހުގީގު ކުރާ ކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު