Saturday, October 31
ހަންޏާމީދޫގެ ނަން އެކި ގޮތްގޮތަށް ލިޔާތީ، ނަން އަސްލު ލިޔަންވީ ގޮތް ބުނެދީފި

އަރިއަތޮޅު ދެކުނުބުރީ (އދ) ހަންޏާމީދޫގެ ނަން އެކި ގޮތްގޮތަށް ލިޔާތީ، އެ ރަށުގެ ނަން އަސްލު ލިޔަންވީ ގޮތް ބުނެދީފިއެވެ.

ހަންޏާމީދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ރަށުގެ ނަން ސަރުކާރުގެ ބައެއް އިދާރާތަކުންނާއި އަމިއްލަ ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި، އެކިއެކި ކުންފުނިތަކުން، ލިޔުމުގައި ތަފާތު ގޮތްގޮތަށް ލިޔެފައި ހުންނަކަން، އެ އިދާރާއަށް ލިބޭ ބައެއް ލިޔުންތަކުން އެނގޭ ކަމަށެވެ.

އެހެންކަމުން ކައުންސިލުން ވަނީ ހަންޏާމީދޫގެ ނަން ދިވެހިބަހުންނާއި، އިގިރޭސިބަހުން ލިޔާނެ ރަނގަޅު ގޮތް ބުނެދީފައެވެ.

މިގޮތުން ކައުންސިލުން ބުނީ އެ ރަށުގެ ނަން ދިވެހިން އޮންނާނީ "ހަންޏާމީދޫ" އަދި އިނގިރޭސި ބަހުންނަމަ ލިޔާނީ، "Hangnaameedhoo" ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިޔާގެ ޤަރާރު ނަންބަރު: 2/2025 "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރައްތައް ކަނޑައެޅުން" ޤަރާރުގައި ބަޔާންކުރައްވާފައި ވަނީވެސް އެގޮތަށް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު