Saturday, October 31
މާމިގިލީގައި ގާސިމް މިސްކިތެއް ބިނާ ކުރައްވައިފި

ވިލާ ގްރޫޕްގެ އިސްވެރިޔާ އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަމިއްލަ ހަރަދުގައި އދ. މާމިގިލީގައި މިސްކިތެއް ބިނާ ކުރައްވައިފިއެވެ.

އަލަށް އިމާރާތްކުރެވުނު މަސްޖިދުއް ޒިކުރާ މިސްކިތް އެ މަނިކުފާނުގެ އުފަން ރަށް ކަމަށްވާ އދ. މާމިގިލީގައި ހުޅުވައިދެއްވީ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށް ފަހުގައެވެ.

މި މިސްކިތުގެ މަސައްކަތް ފެށިގެން ދިޔައީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ބިންގާ އެޅުމާ އެކުގައެވެ. އަދި އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދެވުނު މިސްކިތުގެ މަސައްކަތް ވަނީ 57 ދުވަހުގެ ތެރޭގައި ފުރިހަމަކުރެވިފައެވެ.

މާމިގިލީގައި ގާސިމް ބިނާކޮށްދެއްވި މިސްކިތް ހުޅުވާދެއްވަނީ
މާމިގިލީގައި ގާސިމް ބިނާކޮށްދެއްވި މިސްކިތް ހުޅުވާދެއްވަނީ

މީގެ އިތުރުން، ޤާސިމް އިބްރާހީމްގެ އެހީތެރިކަމާއެކު މާމިގިލީގައި އިތުރު ދެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު