ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ ހަތަރުވަނަ ބައި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިގޮތުން މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމް ކުރިއަށްދާނީ ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެންނެވެ. މި ފޯރަމްގައި ސަރުކާރުގެ ވުޒާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަޒީރުން ހިއްސާކުރައްވާނެއެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނާވާ ފަސް ވަޒީރުންނަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް، މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙުމަދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު އަދި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމެވެ.
މި ފޯރަމްގައި މިރޭ ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ޕީއެސްއެމް އަށް އެސްއެމްއެސް މެދުވެރިކޮށް ނުވަތަ ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް ފޮނުވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރުން ވެސް "އަހާ" ފޯރަމް އޮންނަ ތަނަށް ގޮސްގެންނާއި، ފޯނުން ގުޅައިގެން ނުވަތަ މީސްމީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެއެވެ.
"އަހާ" ފޯރަމަކީ ރައީސް އޮފީހާއި ޕީއެސްއެމުން ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. ފުރަތަމަ "އަހާ" ފޯރަމް ބޭއްވީ 25 ޖަނަވަރީ 2024 ގައެވެ.
މި ލިޔުން ކިޔާލުމުން