Saturday, October 31
ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ފޮތްތައް ހޯދަނީ
ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ފޮތްތަކެއް ހޯދަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. އެ ވުޒާރާއިން ބުނީ އެ ވުޒާރާއިން އާންމުކުރި ލިސްޓުގައި ހިމެނޭ ހަތަރު ފޮތް ތަރުޖަމާކޮށްފައިވާ ނުވަތަ ތަރުޖަމާ ކުރަމުންދާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފޮތްތައް ތަރުޖަމާކުރައްވާފައިވާ ފަރާތްތަކަކީ، ދީނީ ވަޢުޒު ވިދާޅުވުމަށް އެ ވުޒާރާއިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު އެ ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ. އެ ވުޒާރާއިން ބުނީ މިކަމާ ގުޅެ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލްކުރެވޭނެ ކަމަށެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެ ވުޒާރާއިން އެދެއެވެ.

މިކަމާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ފެބްރުވަރީ 24 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު