Saturday, October 31
ރަށްރަށުގެ ފަތުރުވެރިކަމާއި ސަގާފަތް ޕްރޮމޯޓްކުރުމަށް ބާއްވާ ރަށު އެކްސްޕޯ ފަށައިފި
ރަށްރަށުގެ ފަތުރުވެރިކަމާއި ސަގާފަތް ޕްރޮމޯޓްކުރުމަށް ބާއްވާ "ރަށު އެކްސްޕޯ" ފަށައިފިއެވެ. މި އެކްސްޕޯ ރަސްމީކޮށް ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ ކުދި ފިޔަފާރިތައް ކުރިއަރުވައި އެމީހުން މާރކެޓް ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެވެ. ރަށްރަށުގެ ސްޓޯލްތަކުން ދަނީ އެމީހުންގެ ރަށުގެ ގެސްޓް ހައުސްތަކާއި ސަޤާފަތާއި ކެއުމާއި ރަށުގައި ކުރާ މަސައްކަތް މި އެކްސްޕޯގައި ދައްކާލަމުންނެވެ. އަދި ޕްރޮމޮޓް ކުރުމުގެ ގޮތުން އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަކޮށް އެ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތުވެސް ދޭ ޕްރޮމޯޝަންވެސް ކުރިއަށް އެބަދެއެވެ. "ދި ޓްރެވަލް ގައިސް" ގެ ފަރާތުން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލެ ސެންޓަރަލް ޕާކުގައި މި މަހުގެ 13 އިން 15އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު