މީގެ އިތުރުން ޝާހިދު ވިދާޅުވީ އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީ ކަމަށްވާއިރު، މިކަން ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ޙައްލެއް ހޯދައިދޭން އެބަޖެހޭ ކަމަށާއި، މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ ދިޔުމުން، ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވާކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. "ރަމަޟާން މަހު ކަރަންޓުގެ އަސާސީ ޙައްޤުން އައްޑޫ ރައްޔިތުން މަޙްރޫމްނުކޮށް، ދަތިޙާލު ނުޖައްސައި، ރޯދައިގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލަން"، ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ ލަސްވަމުންދާތީ، ފެނަކައިން އައްޑޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ސްޕެއަރތައް ލިބުން ލަސްވާ ސަބަބު ސާފުކުރުމަށް، ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާޓަކުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް ވަނީ މިދިޔަ ޖަނަވަރީ މަހު މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ސިޓީއެއްވެސް ފޮނުއްވައިފައެވެ. އައްޑޫގެ ކަރަންޓު މައްސަލައާ ގުޅިގެން ފެނަކައިން މިދިޔަ މަހު ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ޙާއްސަކޮށް ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ދަނީ ގިނަގުނަ ގެއްލުންތަކެއް ލިބެމުން. މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ…
— Abdulla Shahid (@abdulla_shahid) February 13, 2025

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ޚާއްޞަކޮށް ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން





