Saturday, October 31
ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗް ގައި ހާލުދެރަވެގެން އިމަރޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ.

މިއުޒިކުގެ ދާއިރާގައި ރާއްޖޭގެ މެޝަހޫރު ފަންނާނު މެޒޯ މިއުޒިކްގެ ދާއިރާއަށް ނިކުތީ 1977 ވަނަ އަހަރު ކޯބްރާސްއިންނެވެ.

މިއުޒިކްގެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އިރު ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް އޭނާ ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

މެޒޯ މޯޑު ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

2010 ވަނަ އަހަރު މުޙައްމަދު މާޖިދު އަށް ވަނީ ޕަރފޯމިން އާރޓްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކް ކުޅުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.

މެޒޯ މޯޑަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު