Saturday, October 31
ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރުގެ ކޮންމެ އިދާރާއަކުން ފޯކަލް ޕޮއިންޓެއް

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ޤަވާޢިދު ތަންފީޒު ކުރުމަށް ސަރުކާރުގެ ކޮންމެ އިދާރާއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ އެމީހަކަށް ފުރިހަ އިޚްތިޔާރާއި ބާރު ދިނުމަށް ނިންމައިފިއެވެ.

މިއަދު ގެޒެޓް ކުރެވުނު ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ ޤަވާޢިދު ތަންފީޒުކުރުމުގެ ޒިންމާގެ މަތިވެފައިވަނީ މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އިޤްތިޞާދީ ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ އެ ވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާ، އަދި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކެވެ.

މި ޤަވާއިދުގައި ބުނެފައިވާ ގޮތުން ސަރުކާރުގެ ހުރިހައި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި، ޤާނޫނާއި މި ގަވާއިދާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ ޢަމަކުތަކާމެދު ފާރަވެރިވުމަށާއި އެފަދަ ކަންތައްތައް ބަލައި ފިޔަވަޅު އަޅައި މި ޤަވާޢިދުގެ މާއްދާތައް ތަންފިޒުކުރަންޖެހޭ ސަރުކާރުގެ އިދާރާތަކުން އެ އިދާރާއެއްގެ އެންމެ އިސްފަރާތުގެ ދަށުން އެ މަސައްކަތްކުރާނެ ވެރިޔަކު އައްޔަންކޮށް އެމީހަކަށް ފުރިހަމަ އިޚްތިޔާރާއި ބާރު ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ އިދާރާއެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރުންވެސް އެމީހެއްގެ ޒިންމާގެ ތެރޭގައި ހިމަނާފައިވެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ މައްޗަށް ބާރު އޮތް ފަރާތްތަކުން ނުވަތަ އެ ތަނެއް ހަވާލުވެ ހިންގާ ފަރާތަކުން މި ޤަވާޢިދު ތަންފީޒުކުރުމަށް ޒިންމާވާންވާނެއެވެ.

އަދި ހަމަ ފުލުހުންނާއި ކަސްޓަމްސް އަށް މަތިވެފައިވާ ޒިންމާ ވެސް ޤަވާޢިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު