Saturday, October 31
ސަރުކާރުން ޓެކްސީ ޚިދުމަތް ދިނުމަށް އެމްޓީސީ އާއި ޙަވާކުކޮށްފި
ސަރުކާރުން ޓެކްސީ ޚިދުމަތް ދިނުމަށް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީ އާއި ޙަވާކުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް  އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަމީމް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްތަރ ރިޓަޔަރޑް ޑެޕިއުޓީ ކޮމިީޝަނަރ އޮފް ޕޮލިސް އަހްމަދު ސަޢުދީ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށިނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތް ދެމުންދާ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށެވެ. މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރެވޭއިރމި ޚިދުމަތާއި ގުޅުމުގެ ފުރުޞަތު ފުލް ޓައިމް އަދި ޕާޓްޓައިމްކޮށް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އޮންނާނެއެވެ. އެމްޓީސީސީން ޓެކްސީ ޚިދުމަތާ ގުޅެން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަަމަށެވެ. ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީތައް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު