Saturday, October 31
ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް އެސްޓީއޯއިން ނިންމާލައިފި

ރޯދަ މަހަށް ހާއްސަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް އެސްޓީއޯއިން ނިންމާލައިފިއެވެ.

އެސްޓީއޯއިން މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މާލޭ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާއި އެކު މަޝްވަރާކޮށް ގިނަ ބައެއްގެ އެއްބާރުލުމާއި އެކުގައެވެ.

އެސްޓީއޯއިން ބުނިގޮތުގައި ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅު ކަމަށެވެ.

ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މަސް ދަޅު ކޭސް ދޫކުރަނީ، ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ މީހެއްގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށެވެ.

އަދި މަސް ދަޅުކޭސް ދޫކުރަނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު