Saturday, October 31
ނިޔަމި ބޮއެތަކާއި މާކާތައް މަރާމާތްކުރުމުގެ މަސައްކަތް ފަށައިފި

ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިޔަމި ބޮއެތަކާއި މާކާތައް މަރާމާތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ކަނޑުތަކުގައި ދަތުރު ފަތުރު ކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި މުހިއްމު ދައުރެއް އަދާ ކުރާ ނިޔަމި ބޮއެ ތަކާއި މާކަތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށައިފާވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތުގެ ސަބަބުން ކަނޑުމަތީގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.

https://twitter.com/MoTCAmv/status/1889265618492534910

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު