Saturday, October 31
އައްޑޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 01:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، އެތަނުން ބަޔަކު ނިކުމެގެން ފިލަން އުޅުނު ކަމަށާއި، އިތުރަށް ބެލި ބެލުމުން، ރަހީނުކޮށްފައި ހުރި މީހަކު ފެނުނު ކަމަށެވެ. އެގޮތުން އެ މީހާގެ ބޮލުން ބައެއް ބާލާފައި ހުރިއިރު، އޭނާއަށް އަނިޔާވެސް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން 20 އަހަރުގެ ދެ މީހުންނާއި، 21 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއްގެ އިތުރުން 15 އަހަރުގެ ކުޑަކުއްޖަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ދަނީ މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު