Saturday, October 31
ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ އެއްޗެހި އެޅި މައްސަލައެއް ބަލަނީ

ތ. ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 00:05 ހާއިރު ވިލުފުށީ ކެފޭއެއް ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު