Saturday, October 31
ގާސިމްގެ އިބްރާހީމްގެ ބަޔޯގްރަފީ ނެރެފި

ރާއްޖޭގެ މަޝްހޫރު މަހުޖަނު، ޖުމުހޫރީޕާޓީގެ ލިޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާިއރާގެ މެމްބަރު ޤާސިމް އިބްރާހީމް ގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރާފީ ފޮތް ނެރެފިއެވެ.

ރޭ ވިލާ ކޮލެޖުގައި ބެއްވި ބޮޑު ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ. އެމަނިކުފާނަކީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް، ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަދި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ކުރީގެ ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ގިނަ ޚިދުމަތް ތެރިންގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ބައިވެރިވި މި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނުގެ ބަޔޯގްރާފިގެ ފޮތުގެ އިތުރުން، ބަޔޮގްރަފީގެ އޯޑިއޯއާއި ވެބްސައިޓް ވެސް ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.

މި ފޮތުގެ އޯޑިއީ ސައުންޑް ކަލއުޑުން މިހާރު އަޑުއަހާލެވޭނެއެވެ.

ބަޔޯގްރަފީގައި އެމަނިކުފާނުގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތަކުގެ އިތުރުން، އާއިލީ ދިރިއުޅުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އެމަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންތައްތައް ލިޔުއްވާފައިވެއެވެ.

މި ފޮތް ލިޔުއްވީ ޕަބްލިކް ސަރވިސް މީޑިއާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ނޫސްވެރިޔެއްކަމަށްވާ މުޙައްމަދު ޖަމީލުއެވެ. ޖަމީލް ވަނީ މީގެ ކުރިން ވެސް ބައެއް ބޭފުޅުންގެ ބަޔޮގްރަފީ ލިޔުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޤާސިމް އިބްރަހީމް ގާސިމް ވަނީ 2008، 2013 އަދި 2023ގައި ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު