''ޣައްޒާއާ ހަވާލުވެ'' އަލުން އެ ތަން ބިނާކުރުމުގެ ޕްލޭންގެ ދަށުން އަވަށްޓެރި ގައުމުތަކުގައި އަލުން ވަޒަންވެރި ކުރުވާނެ ދެ މިލިއަން ފަލަސްތީން ރައްޔިތުންނަށް އަނބުރާ ޣައްޒާ އަށް އައުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނެފައިވަނީ ''ޣައްޒާ ގަނެ އެތަން މިލްކު ކުރަން'' ބޭނުން ކަމަށް ޓްރަމްޕް ބުނުމާއި ގުޅިގެން ބައިނަލް އަގްވާމީ މުޖުތަމައު އިން އެ ވާހަކަތައް ކުއްވެރި ކުރަމުންދާ ދަނޑިވަޅެއްގައެވެ.
''ނޫން، އެމީހުން އެނބުރި ނާންނާނެ، އަދި އެ ފުރުސަތެއް ވެސް ނޯންނާނެ، މާ ތަނަވަސް އަބުރުވެރި ދިރިއުޅުމެއް އެހެން ގައުމު ތަކުގައި އެމީހުންނަށް އުޅެވޭނެ'' ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
''އެމީހުންނަށް ރައްކާތެރި ކޮމިއުނިޓީތަކެއް ބިނާ ކުރެވޭނެ، އެމީހުން މިހާރު އެ ތިބި ނުރައްކާތެރި މާހައުލާއި ދުރުގައި މާ އަރާމުގަ އުޅެވޭނެހެން ވަޒަންވެރި ކުރުވާނަަަން، އެއަށްފަހު އެތަން ވާނީ އަހަރެންގެ މިލްކަކަށް'' ޓްރަމްޕް އިތުރަށް ބުނެފައިވެއެވެ.
ފަލަސްތީނުގެ ސަރުކާރާއި ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުންވެސް ވަނީ ފަލަސްތީނުގެ ބިމަކީ "ވިއްކާ ބިމެއް ނޫން" ކަމަށް ބުނެފައެވެ.
ހިފާފައިވާ ބިންތަކުން ގަދަ ބާރުން މީހުން ބޭރުކުރުމަކީ ''ނަސްލެއް ނައްތާލުން'' ކަމަށް ބުނެ ޓްރަމްޕްގެ ނިންމުން އ.ދ އިންވެސް ވަނީ ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.
މި ލިޔުން ކިޔާލުމުން