Saturday, October 31
ޞައްޙަ ނޫން ބޭންކް ސްލިޕެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ޞައްޙަ ނޫން ބޭންކް ސްލިޕެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ އެމީހުން ހޯދަމުންދަނީ އެންޓި- ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ޙަސަން ޝާން، ހ. ފެންތިލަގެ / މާލެ (44އ) އާއި އަޙްމަދު ޒަޔާން، ކަށިފަށުވިގެ / ސ.ހިތަދޫ (25އ) އަދި އަނޫފް ޢަބްދުލްޣަނީ، ސާތީ / ޅ. ނައިފަރު (27އ) އެވެ.

މި މީހުން ހާޒިރުކުރުމަށް ބޭނުންވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

މީގެ ތެރެއިން ޙަސަން ޝާން، 18 ފެބުރުވަރީ 2025 ގެ 10:00 އަށް، އަޙްމަދު ޒަޔާން އެ ދުވަހުގެ 14:00 އަށް އަދި އަނޫފް ޢަބްދުލްޣަނީ އެ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ޞައްޙަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު