Saturday, October 31
އޭސީސީގެ ނައިބު ރައީސަކަށް ނާޝިދު ގެ ނަން ފޮނުފައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސަކަށް އެކޮމިޝަނުގެ މެންބަރު އަޙްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

އޭސީސީގެ ނައިބު ރައީސަކަށް އަޙްމަދު ނާޝިދު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނެވި އިޞްލާހާއެކު އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އޭސީސީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އާއި މެންބަރުން ކަމަށްވާ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަޙްމަދު ނާޝިދާއި ޢަބްދުﷲ ނާޝިދުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު