Saturday, October 31
ކޯރާޑިއަކުން ހަމަލާދިން މައްސަލައިގައި ރުސްތަމް ތިން ދުވަހަށް، ސައިފުﷲ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭގައި ކޯރާޑިއަކުން ހަމާލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 11:35 ހާއިރު ރިޕޯޓުކޮށްފައިވާއިރު، މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތަމް އިބްރާހީމް (25 އ.) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިޞަލް (19 އ.) އެވެ.

ފުލުހުން މިއަދު ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރުސްތަމް ތިން ދުވަހަށް ބަންދު ކުރުމަށް އަދި ސައިފުﷲ ތަޙުޤީޤު ނިމެންދެން އަދި ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު