Saturday, October 31
ރަމަޟާން މަހު އިސްލާމީ ވުޒާރާއިން ގިނަ ޕްރޮގުރާމްތަކެއް

މިއަހަރުގެ ރަމަޟާން މަހުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމްތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކޮށް، ރަމަޟާން މަހުގެ ރޯދައާއެކު އަޅުކަމަށް ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވައި، އިސްލާމްދީނުގެ ސައްޚަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މަތިވެރި މަޤުސަދެއްގައި ދިވެހި ދަޢުލަތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ހިންގާ ޕްރޮގުރާމްތަކެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން "މައިންޑްފުލް ރަމަޞާން" ނަމުގައި ވޯކްޝޮޕަކާއި، "މަރުހަބާ ރަމަޞާން" ގެ ނަމުގައި މާލޭ އާޓިފިޝަލް ބީޗުގައި ބޮޑު ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި، ރޯދަމަހުގެ ތެރޭގައި މާލޭގައި 8 އިހްޔާ ފޯރަމް އަދި 7 ސިޓީ/ރަށެއްގައި އިޙްޔާ ފޯރަމް އާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން 6 އިހްޔާ ފޯރަމް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަޞުރު ނަމާދަށްފަހު މާލެ ސަރަޙައްދުގައި އަޞްރު ދަރުސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ރަމަޟާން މަހުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އާއްމުން ހޭލުންތެރިކުުރުމަށާއި، ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދީނީ ޕްރޮގުރާމުތައް ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް ދަނީ ތައްޔާރު ވަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައު ފާއިތުވެދިޔަ އަހަރު ގެނެސްދެވުނު ބައެއް ޕްރޮގުރާމުތަކާއި މުޅިން އަލަށް ގެނެސްދޭން ފަށާ ޕްރޮގުރާމުތައްވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު