Saturday, October 31
ރަމަޟާން މަހު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހު ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓްތަކުން ހިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހުގެ ރޭތަކުގައި ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނީ ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު