Saturday, October 31
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަންހެނުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ތިން އަންހެނުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ ތިން އަންހެނުންނެވެ.

އެއީ 47 އަހަރުގެ އަންހެނަކާއި މާލެއަށް ނިސްބަތްވާ 36 އަހަރުގެ އަންހެނެއްގެ އިތުރުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ 29 އަހަަރުގެ އަންހެނެކެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ ކުށުގެ ތުހުމަތުގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ ބަންދަށްވެސް 30 ދުވަސް ޖަހައިފަ އެވެ.

މި މީހުން ބަންދު ކޮށްފައިވަނީ މި މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބަޔަކަށް ވާތީ އާއި ފަރުވާގެ ފުރުސަތު ދޭން ޖެހޭ ބައެއް ކަމަށް ފުލުުހުންނަށް ގަބޫލު ކުރެވޭތީ ކަމަށް ބަންދު އަމުރުގައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު