Saturday, October 31
ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާ ބަންދުކުރީ 15 ދުވަހަށެވެ. ނަމަވެސް، ބަންދުގެ މުއްދަތު ހަމަވުމާއެކު ކޯޓުން ވަނީ އިތުރު ފަސް ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާ ބަންދުކުރުމަށް އަމުރުކޮށް، ކްރިމިނަލް ކޯޓުން ފުރަތަމަ ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ސައިކަލުގައި ރޯކޮށްލީ ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑްވެއަރ ކައިރީގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ.

އޭނާ ބުނެފައިވަނީ އެ ސައިކަލަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލު ކަމަށާއި، ސައިކަލުގައި ރޯކޮށްލެވުނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ.

އޭނާއަކީ ކުށުގެ ރެކޯޑު ގިނަ މީހެއް ކަމަށާއި، އޭނާއަކީ ކުށްކުރާ ޖަމާއަތެއްގައި ހަރަކާތްތެރިވާކަމުގެ ރެކޯޑު އޮތް މީހެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު