Saturday, October 31
އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން އިފްތިތާޙްކޮށްފި
އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން އިފްތިތާޙްކޮށްފިއެވެ. މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަންގެ ތެރެއިން އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން (އައިއޯޑީއޭ) އިފްތިތާޙްކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު، އާދަމް ޢާޒިމެވެ. މި އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ އައިއޯޑީއޭ އިފްތިތާޙްކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި، މި އެސޯސިއޭޝަންގައި މި ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ޑައިވަރުން ހިމެނޭ ކަމަށެވެ. އެގޮތުން ނަން ކިޔާލެވޭ ފަރާތްތަކުގެ ތެރޭގައި ޕްރަހްލާދު ކަކަރު އާއި އަނީސް އަޑެންވާލާ އަދި ސެންޑީ ޙުސައިން ރަޝީދު ހިމެނެއެވެ. ދުނިޔޭގެ އެންމެ ރީތި ކަނޑުއަޑީގެ ސަރަހައްދުތަކާއެކު ރާއްޖެއަކީ ޑައިވަރުންނާއި ކަނޑުތަކަށް ލޯބިކުރާ މީހުންނަށް އޮތް ހުވަފެނީ މަންޒިލެއް ކަމަށް މޭޔަރ ވިދާޅުވިއެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ، އައިއޯޑީއޭ އިފްތިތާޙްވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއަރައި، ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ތަޖުރިބާކޮށްލުމުގެ އިތުރު ފުރުޞަތުތައް ފަތުރުވެރިންނަށްވެސް ލިބިގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު