އާދިއްތަ, November 1
މޯލްޑިވްސް މެރިން އެކްސްޕޯ 2025 ފަށައިފި

މޯލްޑިވްސް މެރިން އެކްސްޕޯ 2025 ހުޅުވައިފިއެވެ.

މި ފެބުރުއަރީ މަހުގެ 6 ން 9  ގެ ނިޔަލަށް ކުރިއަށް ގެންދާ މި އެކްސްޕޯ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ މެރިން އެކްސްޕޯއަކީ ރާއްޖޭގެ ކަނޑުދަތުރުކުރުމުގެ ދާއިރާއަށް ޚާއްސަކޮށް ކޮންމެ އަހަރަކު ބާއްވާ އިވެންޓެކެވެ.މިއީ މި އިވެންޓް ބާއްވާ 10 ވަނަ އަހަރެވެ.

އެކްސްޕޯ ގައި ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ.

އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން، މި އަހަރުގެ ހަރަކާތް ޚާއްސަކޮށްފައިވަނީ ދޯނިފަހަރު ހެދުމާއި، ސްޕެއާ ޕާޓްތަކައި، މެޝިނަރީ، މަސްވެރިކަމުގެ ސާމާނާއި، ޑައިވިން އަދި ވޯޓާސްޕޯޓްސް ސާމާނާއި، ކަނޑުގެ ކަންކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށެވެ.

މި އަހަރު މި އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އަދި ކޯސްޕޮންސަރުންގެ ތެރޭގައި ގަލްފްކްރާފްޓް މޯލްޑިވްސް، ޖެއިލްބޫޓް މެރިން ސާވިސެސް އަދި އަލް ދައިންއާއެކު ޕޮލަރިސް ނެވިގޭޓާސް ހިމެނެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކުރިއަށް ދާ މި އެކްސްޕޯ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ލިބުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު