Saturday, October 31
ފުލުހުންގެ ވަޒީފާއަށް ހުޅުވާލައިފި

ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ ވަޒީފާގެ ފުރުސަތަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި، ވަޒީފާ އަށް އެދޭ ފޯމް ފުލުހުންގެ ވެބްސައިޓު www.police.gov.mv އިން ޑައުންލޯޑްކުރެވޭނެ ކަމަށެވެ.

މި މަގާމުގެ މުސާރަ އަކީ 15،500ރ. އެވެ.

މި ވަޒީފާގެ ޝަރުތު ތަކުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން، 18-30 އަހަރާ ދެމެދުގެ މީހަކަށް ވުން، ފިރިހެނެއް ނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށް ވުރެ ކުރު ނުވުމާއި ވަޒީފާއަށް ކުރިމަތިލާ މީހަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ.

އަދި އެޕްލައި މީހުންނަކީ އެސްއެސްސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު