Saturday, October 31
ދެ އިންތިހާބު އެއްކޮށްލަން ގާސިމް ތާއީދުކޮށްފި

މަޖިލިސް އިންތިޚާބު އަދި ރިޔާސީ އިންތިޚާބުއިންތިހާބު އެއްކޮށްލަންރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު  ގާސިމް އިބްރާހީމް ތާއީދުކޮށްފިއެވެ.

ޖުމުހޫރީ ޕާޓީގެ ޕާރލަމެންޓްރީ  ގްރޫޕްގެ ލީޑަރ އަދި މާމިގިލީ ދާޢިރާގެ މެމްބަރުގެ ހައިސިއްޔަތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަން ޤާސިމް އިބްރާހީމް ވަނީ ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނެ ވޯޓެއް މި އަހަރުގެ ތެރޭގައި ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވާ ވާހަކައަށް ތާޢީދު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި އޭގެ ސަބަބުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އޮންނަ ފުރުސަތު ބަންދުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ ރައީސް ކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެން ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނާތީ ސަރުކާރުން ޚަރަދުކޮށް ނުފޫޒު ފޯރުވުމަށްޓަކައި ދާއިރާތަކަށް ގިނަގުނަ ކަންތައްތަކެއް ކޮށްދޭ ވާހަކަ ދައްކާ ކަމަށެވެ.

ޤާސިމް މިއަދު ވަނީ ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން, ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވަމުންދާ ކަމަށާއި އޭގެ އަސަރު މި އަހަރު ދަރަނި ދެއްކުމަށް ފޯރާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ގައުމު ހަލަބޮލިކުރާނަމަ ރާއްޖެއަށް އިންވެސްޓުކުރާނެ ބަޔަކު ވެސް ނުވާނެ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތާ ގައުމުގެ އަމާންކަން ރިވެތި ގޮތުގައި ގޮސްގެން މެނުވީ އިންވެސްޓްމަންޓްގެ އެއްވެސް ދޮރެއް ނުހުޅެވޭނެ ކަމަށާއި އަދި އެއްވެސް ދަރަންޏެއް ވެސް ނުދެއްކޭނެ ކަމަށް ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި، އެމަނިކުފާނު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު