Saturday, October 31
މި ސަރުކާރު ޒިންމާދާރުކޮށް, ޤާނޫނުއަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ: ޝާހިދު
މި ސަރުކާރު ޒިންމާދާރުކޮށް, ޤާނޫނުއަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ ކަމުގައި އެ ޕާޓީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އިދިކޮޅު މެންބަރުން ގަދަ ބާރުން މަޖިލީހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއް ބަންދުކޮށް, އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެ, ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން ކަމަށެވެ. މީގެ އިތުރުން ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވަޢުދުތައް ރައްޔިތުންނަށް ނުފުއްދަވާ, މިއަދު އާ ވަޢުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ޤާނޫނުއަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް އެމަނިކުފާނު ވެވަޑައިގެންނެވި ބޮޑު އިހުމާލެއް އަދި ކުރެއްވި ޖެއްސުމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. "ރައީސް މުއިއްޒުއަށް އިނދިކޮޅު އަޑު ފަނޑު ކޮށެއް ނުލެވޭނެ, މިސަރުކާރު ޒިންމާދާރުކޮށް, ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނެ!"، ޝާހިދު ވިދާޅުވިއެވެ. ޝާހިދު މިހެން ވިދާޅުވިއިރު، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ރިޔާސީ ބަޔާން އިއްވެވިއިރު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޕޯޑިއަމް ކައިރިއަށް ވަޑައިގެން އިހުތިޖާޖުކުރައްވައިފައެވެ. މި އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރެއްވުމަށާއި، ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގެން ތިއްބެވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން އަޑުގަދަކުރުން ހުއްޓައިނުލެއްވުމުން އެ މެންބަރުންގެ ނަން ވަނީ އިއްވަވައިފައެވެ. މަޖިލީހުން ބޭރުކޮށްލެއްވުމުން އެ މެންބަރުން ވަނީ ބޭރަށް ވަޑައިގެން، އެމްޑީޕީގެ ސަޕޯޓަރުން މަޖިލީހުގެ އިދާރާގެ ބޭރުގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު