ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ގެ ޖަލްސާގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޮޓުގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. ނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެއްރަށުން އަނެއް ރަށައް ދަތުރުފަތުރު ކުރުމަކީ ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެއްކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނަށްވެސް ޒަމާނުންސުރެއް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ހައްލުހޯދައި ދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތެއް ކުރިމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވޭނެކަމަށާއި ހަނިމާދޫ އެއަރޕޯޓާއީ އައްޑޫ ގަން އެއަރޕޯޓް މި އަހަރު ހުޅުވުމާއި މީގެ އިތުރުން މ.މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު އެއއަރޕޯޓްތަކެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއަރޕޯޓުގެ ޙިދުމަތް ފުޅާކުރުމަށް އެމަނިކުފާނު ވެފައިވާ ވައުދާއި އެއް ގޮތަށް މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވޭނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އައު އެއަރޕޯޓް ގެ އާ ޓާމިނަލް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު ލޯނެއް ސަރުކާރުން ވަނީ ނަގާފައެވެ. މި ލޯން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.
މި ލިޔުން ކިޔާލުމުން