Saturday, October 31
ސިގިރޭޓްގެ އަގަށް ގެނައި ބަދަލާއި އެކު ލިބޭ އާމްދަނީ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކަށް!

ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއައަހުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ  އެކަމަށް ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުމަށް އެފައިސާ ޚަރަދުކުރުމަށް ނިންމާފައިވާ ކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

'"ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެ ކަމަށް ޓަކައި  ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާ މަޝްރޫޢުތައް ހިންގުމަށް "' ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދަ އަށަގެންފައިވާ އެންމެހާ ރައްޔިތުން ވެސް ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 1 "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ވާނީ ނިންމާފައިވާ ކަމަށާއި ހަމަ އެއާއެކު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ވާނީ ހަމަޖައްސާފައިވާކަން އެމަނުކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ކޮންމެ ރައްޔިތަކުވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުގައި ވާ ފަދައިން އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިލާ ބަޔަކަށް ނުވުމަށާއި  ސަރުކާރުގެ އިޚްލާޞްތެރި ނިޔަތަކީ  އަދި ބޭނުމަކީ ވެސް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތަކަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އީ ސިގިރޭޓް އަދި ވޭޕް ބޭނުންކުރުން މަނާކޮށްފައެވ މީގެ އިތުރުން ސިގިރޭޓުން ނަގާ ޑިއުޓީވެސް ބޮޑުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު