Saturday, October 31
ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް: ރައީސް

މި އަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރެއް ކަމަށާއި، ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަޒުމަކީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަން އަބަދުވެސް ކުރިއަށް ނެރުން ކަމަށާއި، ނަސްފުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި މަސައްކަތް ކުރެއްވުން ކަމަށެވެ.

މި އަހަރު ވެގެންދާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތްތައް ފެންނާނެ އަހަރެއް ކަމުގައި ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސަރުކާރުން ދަނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިގޮތުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ޤާއިމުކުރުމަށް ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫޢުއެއް ހިންގުމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ރުފިޔާ ކަނޑައަޅުއްވައިފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީވެސް ރައީސްގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށްވާއިރު، އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ބީއެމްއެލް އާއި އެމްއައިބީގެ އޭޓީއެމްތައް ޤާއިމްކުރުމަށް ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުންވެސް ފަތުރުވެރިކަމާއި ޤައުމުގެ އިޤުތިޞާދު ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު